ދިރާސާ
ކުށުސަޖިދަ
ނަމާދަކީ އަޅާ އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުކުރެވޭ އެންމެ މަތިވެރި މަޤާމެވެ. އެހެންވެ، މި މަތިވެރި މަޤާމު ފަސާދަކޮށްލުމަށްޓަކައި ޝައިޠާނާ އަވަސްވެގަނެއެވެ. އެއީ؛ ދުނިޔަވީކަމެއްގެ ފިކުރުތައްގެނެސްދީގެން، ނުވަތަ ކަމެއް އިތުރުކުރުވައިގެން، ނުވަތަ ކަމެއް އުނިކުރުވައިގެން، ނުވަތަ ޝައްކުކުރުވައިގެން، ނުވަތަ ވަސްވާސްދީގެންފަދަ ގޮތަކުންނެވެ. ފަހެ، ﷲ ތަޢާލާ ވަނީ އެކަލާނގެ އަޅުތަކުންނަށް ނަމާދުގައި ކުރިމަތިވާ މިފަދަ އުނިކަންތައްތައް ފޫބެއްދުމުގެގޮތުން ކުށުސަޖިދަ ޝަރުޢުކުރައްވާފައެވެ.
އިތުރަށް ވިދާޅުވުމަށް
ސެކިއުލަރިޒަމްގެ ނުރައްކާ ޤަާނޫނީ ދާއިރާއަށް
ޢަލްމާނީ ސެކިއުލަރ ފިކުރަކީ ހަމައެކަނި ފޮތެއްގައި ލިޔެވިފައިވާ ފިކުރެއް ނޫނެވެ. އެއީ، އެ ފިކުރެއްގެ މައްޗަށް ލާޒިމުވެގެން އަންނަ ކަންކަމަކީ ޢަމަލީ މައިދާނުގައި ތަންފީޛު ވެސް ކުރާ ފިކުރެކެވެ. އޭގެ ޙަޤީޤީ މަޤްޞަދަކީ ވެސް އެއީއެވެ. ޢަލްމާނީ ފިކުރުގެ އެންމެ ބޮޑު ނުރައްކަލެއް އޮތް އެއް ދާއިރާއަކީ، ޤާނޫނީ ދާއިރާއެވެ. ތަޝްރީޢީ ދާއިރާއެވެ. ޤާނޫނު ހެދުމުގެ ދާއިރާއެވެ.
އިތުރަށް ވިދާޅުވުމަށް
އިސްލާމްދިނަކީ ލުއިފަސޭހަ ދީނެކެވެ.
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމާ މެދަކު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. އެހެނީ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދީން ބާވައިލެއްވީ ޤިޔާމަތާ ޖެހެން ދެން އިންސާނާއަށް ހިދާޔަތާއި ތެދުމަގާއި ހެވާއި ނުބައި ވަކިކޮށްދެނިވި ޝަރީޢަތެއްގެ ގޮތުގައެވެ.
އިތުރަށް ވިދާޅުވުމަށް
މައްކާގެ މާތް ބިމަށް ބުދު ގެނެވުނު ޙާދިސާ
މާތް ﷲގެ އަމުރުފުޅަށް އިބްރާހީމް عَلَيهِ السَّلام އާބާދުކުރެއްވި މައްކާއަކީ މި ބިންމަތީގައިވާ އެންމެ މާތް ރަށެވެ. އެ ރަށް އާބާދުކުރެވުނީ އެންމެހާ ކަންކޮޅުތަކެއްގެ މީހުންވެސް އެ ބިމަށް ޒިޔާރަތްކޮށް، އެކަލާނގެއަށް މަތިވެރިވެގެންވާ އަޅުކަންތަކެއް އަދާކުރުމަށްޓަކައެވެ. އެ ރަށުގައިވާ ކަޢުބާއަކީ އެންމެ މާތް ތަނެވެ. އެ ތަން ވަށައިގެންވާ މަސްޖިދުލްޙަރާމަކީ މި ބިންމަތީގައިވާ އެންމެ މާތް މިސްކިތެވެ. މާތް ﷲއަށް އެއްކައުވަންތަކަމާއެކު އަޅުކަންކުރުމަށްޓަކައި އިބްރާހީމް عَلَيهِ السَّلام އާބާދުކުރެއްވި މާތް ބިމުގައި ބުދަށް އަޅުކަންކުރުން ފެތުރުނީ ކިހިނެއް ހެއްޔެވެ؟ އަދި މާތް ކަޢުބާ ވަށައިގެން އެތައް ސަތޭކަ ބުދެއް ބެހެއްޓުނީ ކިހިނެއް ހެއްޔެވެ؟
އިތުރަށް ވިދާޅުވުމަށް
ޢަލްމާނިއްޔަތުގެ ނުރައްކަލުގެތެރޭގައި އިސްލާމީ ޢާއިލީނިޒާމް އެއްކޮށް ފުނޑުފުނޑުކޮށްލުން
ޢަލްމާނީ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެއްކިބާކޮށް އެކަހެރި ކުރުމަށް ގޮވައިލާ ފިކުރެކެވެ. ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް އޮތް އެއް ދާއިރާއަކީ އިސްލާމީ ޢާއިލީ ނިޒާމުގެ ދާއިރާއަށް ކަމަށް ބުނެވިދާނެއެވެ.
އިތުރަށް ވިދާޅުވުމަށް
ހުރިހާކަމެއް ރައްކާކުރެވިފައިވާ ލައުޙުލްމަޙްފޫޡް
ﷲ تَبَارَكَ وَتَعَالَى އެންމެ ފުރަތަމަ އުފެއްދެވި މަޚްލޫޤާތްތަކުގެ ތެރޭގައި ހިމެނިގެންވާ އެއް މަޚްލޫޤަކީ اللَّوْحُ الـمَحْفُوظُ އެވެ. ((اللَّوْحُ)) އަކީ ތަކެތި ލިޔެވިގެންވާ ފިލައެވެ. އަދި ((الـمَحْفُوظُ)) އަކީ ރައްކާތެރި ކުރެވިގެންވާ އެއްޗެވެ. އާދެ، އެއީ އެ ފިލާތަކުގައި ލިޔެވިގެންވާ ތަކެއްޗަށް އުނިއިތުރުކަމެއް އައުމުންނާއި، ބަދަލެއް އައުމުން ރައްކާތެރިކުރެވިފައިވާ ފިލާތަކެކެވެ. اللَّوْحُ الـمَحْفُوظُ އަކީ: އުޑުތަކާއި ބިންތައް ޚަލްޤުކުރެއްވުމުގެ 50 ހާސް އަހަރުކުރިން، މި ކައުނުގައި ހިނގާނެ އެންމެހާ ކަމެއް އެ ފިލައެއްގައި ލިޔުއްވާފައިވާ ފިލައެވެ. އެއީ أُمُّ الكِتَاب އެވެ. އެބަހީ؛ ލިޔެވިފައިވާ އެންމެހާ އެއްޗެއްގެ ތެރެއިން އެންމެ މާތްވެގެންވާ، އަދި އެންމެ ފުރިހަމަވެގެންވާ ލިޔުއްވުމެވެ. މި ފިލައަކީ: މާތް ﷲގެ ޙަޟްރަތުގައިވާ، އެންމެހާ އުނިއިތުރުކަމަކުން ރައްކާތެރިކުރެވިގެންވާ، އެންމެހާ ޚަބަރުތަކެއް ސާފުކޮށް ބަޔާންވެގެންވާ، އެންމެހާ މަޚްލޫޤާތްތަކަށް ސިއްރުވެގެންވާ، މަތިވެރިވެގެންވާ، ދަރަޖަ ލިބިގެންވާ، ޠާހިރު ފިލައެކެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ، فَقَالَ لَهُ: اكْتُبْ قَالَ: رَبِّ وَمَاذَا أَكْتُبُ؟ قَالَ: اكْتُبْ مَقَادِيرَ كُلِّ شَيْءٍ حَتَّى تَقُومَ السَّاعَةُ)) (أبو داود، و صححه الألباني. انظر "صحيح سنن أبي داود" (3/148)، و"صحيح سنن الترمذي" (2/450)) މާނައީ: "ހަމަކަށަވަރުން ﷲ އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ الْقَلَمُ އެވެ. ފަހެ، އެއަށް ވަޙީކުރެއްވިއެވެ. "ލިޔާށެވެ!" އެ ޤަލަމް ދެންނެވިއެވެ. "އޭ ތިމަންގެ ވެރި ރައްބެވެ! ތިމަންނަ ލިޔަންވީ ކޮން އެއްޗެއްތޯއެވެ؟" އެކަލާނގެ ވަޙީކުރެއްވިއެވެ. "ޤިޔާމާތްވެއްޖައުމަށް ދާންދެން ހިނގާނެ އެންމެހާ ކަމެއް ލިޔާށެވެ!" އަދިވެސް ޙަދީޘްކުރެއްވިއެވެ. ((كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ)) (مسلم) މާނައީ: "އުޑުތަކާއި ބިން ޚަލްޤުކުރެއްވުމުގެ 50 ހާސް އަހަރުކުރިން ﷲ ވަނީ ޚަލްޤުތަކުންގެ ކަންކަން ލިޔުއްވާފައެވެ." اللَّوْحُ الـمَحْفُوظُ އަކީ މާތް ﷲގެ ޢިލްމުފުޅުގެ ތަނަވަސްކަމާއި ފުރިހަމަކަމަށް ދަލީލުކުރާ ދަލީލެކެވެ. އެކަލާނގެ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ.
އިތުރަށް ވިދާޅުވުމަށް
މަރަށް މަރުހިފުމަކީ މީހުންމެރުން މަދުވާ ކަމެއްތޯ؟
މިއީ މިއަދު ބަޔަކު މީހުން އުފައްދަމުން ދާ ސުވާލެކެވެ. އެބައިމީހުން ބުނާ ގޮތުން، މަރަށް މަރު ހިފުމަކީ އެއްވެސް ގޮތަކަށް މީހުން މެރުމުގެ ޖަރީމާ މުޖުތަމަޢުން މަދުވެގެން ދާ ކަމެއް ނޫނެވެ. އެމެރިކާގައި ހެދިފައި ހުންނަ ދެތިން "ދިރާސާ"އަކަށް އެބައިމީހުން އެ ކަމަށް ހަވާލާ ދެއެވެ.
އިތުރަށް ވިދާޅުވުމަށް
ސެކިއުލަރިޒަމަށް ވަކާލާތުކުރުން ހުއްދަވާނެތޯ؟
ސެކިއުލަރިޒަމަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެކަހެރި ކުރުމެވެ. މާއްދީ ފަލްސަފާތަކުގެ މައްޗަށް ކަންކަމާއި ގޮތްގޮތް ކަނޑައަޅައި ނިންމުމެވެ.
އިތުރަށް ވިދާޅުވުމަށް
ޙައްދުފަހަނަޅުމުގެ ނިޝާންތައް
ހައްދުފަހަނަޅުމަކީ އުންމަތަށް ދިމާވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. އެކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ މުސްލިމުންނަށެވެ. އެހެނީ، ހައްދުފަހަނަޅި މީހުންގެ އުދަނގުލާއި ތުރާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހޭ ބަޔަކީ އާންމު މުސްލިމުންނެވެ.
އިތުރަށް ވިދާޅުވުމަށް
އިސްލާމްދީން ސެކިއުލަރ ކުރެވިދާނެތަ؟
ސެކިއުލަރިޒަމް ނުވަތަ ޢަލްމާނީ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ފަތުރާން މަސައްކަތްކުރާ ބައެއް މީހުން ބުނާ އެއް ވާހަކައަކީ، ސެކިއުލަރިޒަމަކީ އިސްލާމްދީނާ ފުށުއަރާ ފިކުރެއް ނޫން ކަމުގައެވެ. އެޔާ ޚިލާފަށް، އެއީ އިސްލާމްދީނާ ގުޅޭ ފިކުރެއް ކަމުގައެވެ. އަދި އިސްލާމީ ޤައުމެއްގައި ސެކިއުލަރިޒަމް ޤާއިމުކުރުމަކީ އެންމެ އެދެވިގެންވާ ރަނގަޅު ކަމެއް ކަމުގައެވެ. މިފަދަ ވާހަކަތަކެއް މި ދެންނެވި ބީދައިން ދައްކާނީ، އިސްލާމްދީނުގެ އަސްލު ޙަޤީޤަތް ނޭނގޭ މީހަކު ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އަދި އެފަދަ މީހަކަށް ސެކިއުލަރިޒަމަކީ ކޮބައިކަން ވެސް ނޭނގެނީ ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.
އިތުރަށް ވިދާޅުވުމަށް