ސީރަތު
 
                            
                         
                            ސަލާމްލެއްވި އިސްމާޢީލުގެފާނާއި، އިސްޙާޤުގެފާނު
އިބްރާހީމްގެފާނުގެ ފުރަތަމަ ދަރިކަލުން އިސްމާޢީލު عليه السلام
އިތުރަށް ވިދާޅުވުމަށް 
                            ރަޙްމާނުވަންތަ އިލާހުގެ ޢަރްޝިކޮޅު ތެޅިގެން ދިޔަ ޙާދިސާއެއް
މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިން އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށްޓަކައި މަދީނާގެ މާތް ބިމަށް މުޞްޢަބު ބުން ޢުމައިރު رَضِيَ اللهُ عَنْهُ ފޮނުއްވިއެވެ. މުޞްޢަބުގެފާނުގެ އަތްޕުޅު މައްޗަށް މަދީނާގެ އަހުލުވެރިން އިސްލާމްވަމުން ދިޔައެވެ. މިގޮތުން، އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގަތް އެއް ބޭކަލަކީ ސަޢުދު ބުން މުޢާޛު رَضِيَ اللهُ عَنْهُ އެވެ.
އިތުރަށް ވިދާޅުވުމަށް 
                            ލޫޠުގެފާނުގެ ޤައުމުގެ ވާހަކަ
ﷲ سُبْحَانَهُ وَتَعَالَى އެކިއެކި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވާފައި ވަނީ އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުޅައުމަށް ދަޢުވަތުދެއްވުމަށެވެ. މާތް ﷲގެ ރިސާލަތު އެބައިމީހުންނަށް ފޯރުކޮށް ދެއްވުމަށެވެ. އެބައިމީހުންގެ ކިބާގައި އަށަގެންފައިވާ ނުބައި އަޚްލާޤީ ޞިފަތަކުން ޠާހިރުކުރެއްވުމަށެވެ. މިގޮތުން މާތް ﷲ ފޮނުއްވާފައިވާ އެއް ބޭކަލަކީ ލޫޠު عَلَيهِ السَّلام އެވެ.
އިތުރަށް ވިދާޅުވުމަށް 
                            ރަސޫލާ صلى الله عليه وسلم އާ ދެކޮޅަށް ކަނޑި އުފުލިމީހާގެ ވާހަކަ
އެއީ ޛާތުއް ރިޤާޢުގެ ނަމުން ނަންދެވިފައިވާ ހަނގުރާމައަށްފަހު ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ ޞަޙާބީން މަދީނާއަށް ކުރެއްވި ދަތުރުފުޅެވެ. މި ހަނގުރާމަ ހިނގާފައި ވަނީ އެކިފަހަރު މަތިން މުސްލިމުންނާ ދެކޮޅަށް ތަފާތު ނުބައި ރޭވުންތައް ރޭވި ޣަޠުފާނުއޭ ކިޔުނު ހިސާބުގައި އުޅުނު ޤަބީލާތަކާ ދެކޮޅަށެވެ. މި ހަނގުރާމަ ހިނގާފައިވާ ތާރީޚަކާމެދު ސިޔަރަތުގެ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ. މި ހަނގުރާމަ ހިނގާފައި ވަނީ ހިޖުރައިން 4 ވަނަ އަހަރުކަމުގައި އަދި 5 ވަނަ އަހަރުކަމުގައި، އަދި 7 ވަނަ އަހަރުކަމުގައިވެސް އައިސްފައިވެއެވެ. ބޮޑަށް ބުރަވެވެނީ ޚަންދަޤު ހަނގުރާމައަށްފަހު ހިޖުރައިން 4 ވަނަ އަހަރުކަމުގައެވެ.
އިތުރަށް ވިދާޅުވުމަށް 
                            ރަސޫލު صلى الله عليه وسلم އަށް ގެއްލުންދިނުމަށްޓަކައި ޝައިޠާނުން އައި ޙާދިސާތައް
ޖިންނީންގެ ތެރެއިންވާ ޝައިޠާނުންނަކީ އާދަމްގެދަރިންދެކެ އިންތިހާއަށް ޙަސަދަވެރިވާ، ފާޅުވެ ބަޔާންވެގެންވާ ޢަދާވާތްތެރިންނެވެ. ޚާއްޞަގޮތެއްގައި އާދަމްގެދަރިންގެ ތެރެއިންވާ ހެޔޮ ރަނގަޅު ދަރިންނަށެވެ. ވަސްވާސްދިނުމުގެ އިތުރަށް އެބައިމީހުންނަށް ވީގޮތަކުން ގެއްލުން ދިނުމަށްޓަކައި މަސައްކަތް ކުރެއެވެ. މިގޮތުން؛ އާދަމްގެދަރިންކުރެ އެންމެ ހެޔޮ، އެންމެ މާތް އިންސާނާކަމުގައިވާ އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ގެއްލުން ދިނުމަށްޓަކައި އެކިފަހަރު މަތިން ޝައިޠާނުން މަސައްކަތްކޮށްފައިވެއެވެ.
އިތުރަށް ވިދާޅުވުމަށް 
                            ރަސޫލާ صلى الله عليه وسلم އަވަހާރަވުން
ހިޖުރައިން 11 ވަނަ އަހަރުގެ ޞަފަރުމަހުގެ 29 ވީ ހޯމަ ދުވަހު، މި އުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޖަނާޒާއެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަނާޒާއިން ވަޑައިގެންނެވި މަގުމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅަށް އާދަޔާޚިލާފު ތަދެއްގެ އިޙްސާސް ކުރެއްވެން ފެއްޓެވިއެވެ. ހަމައެއާއެކު ހަށިކޮޅުގެ ހޫނުކަން އިތުރުވެގެން ދާންފެށިއެވެ. މި ތަދަށް މެދުކެނޑުމެއް ނައިސް 11 ދުވަސް ފާއިތުވެ ދިޔައެވެ. މި ތަދާއެކުވެސް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މީސްތަކުންނާއެކު އިމާމެއްގެ ގޮތުގައި ނަމާދުކުރައްވަމުން ގެންދެވިއެވެ.
އިތުރަށް ވިދާޅުވުމަށް 
                            ހިތާމައިގެ ރުއިމުގެ އަޑު
ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މީސްތަކުންނަށް ހުކުރުދުވަހު ޚުޠުބާދެއްވަމުން ލެނގިވަޑައިގަންނަވާ ކަދުރުރުކުގެ ގަސްގަނޑެއް އެކަލޭގެފާނުގެ މިސްކިތްކޮޅުގައިވިއެވެ. ޞަޙާބީ ބޭކަލުންކުރެ ވަޑާމުގެ މަސައްކަތް ދެނެވަޑައިގަންނަވާ ރޫމްކަރައިގެ ބޭކަލަކު އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. "ކަލޭގެފާނު ޚުޠުބާ ދެއްވަމުން އެ އެއްޗެއްގެ މަތީގައި ކޮޅަށް ހުންނަވައި އަދި އިށީނދެވަޑައިގަންނަވާނެ އެއްޗެއް ކަލޭގެފާނަށް ތައްޔާރުކޮށްދެއްވަންތޯއެވެ؟" ފަހެ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިޒުނަދެއްވުމުން، އެބޭކަލަކު އެކަލޭގެފާނަށް މިންބަރުކޮޅެއް ހައްދަވައިދެއްވިއެވެ. އެ މިންބަރުކޮޅުގައި ހުންނަނީ ދެ ހަރުފަތާއި ތިންވަނަ ހަރުފަތުގައި މަޑުކޮށްލައްވައިގެން ހުރެވޭ ގޮތަށެވެ.
އިތުރަށް ވިދާޅުވުމަށް 
                            
                         
                            އިބްރާހީމް ޢަލައިހިއްސަލާމް (ދެވަނަބައި)
إبراهيم عليه السلام އާއި ނަމްރޫދު ރަސްގެފާނު
އިތުރަށް ވިދާޅުވުމަށް 
                 
                                         
                                    
                                 
                                    
                                 
                                    
                                