އެންމެ ފަހުގެ
ގެފުޅު ތަޅާލާނެ މީހާ
ﷲ سُبْحَانَهُ وَتَعَالَى މި ބިމުގައި ލެއްވި އެންމެ މާތް ބިމަކީ މައްކާގެ ބިމެވެ. މައްކާގެ ޙަރަމްފުޅު ހިމެނޭ ސަރަހައްދު ވަނީ ޙުރުމަތްތެރިވެގެންވާ އަމާންތަނެއްކަމުގައި ލައްވާފައެވެ. އެ ބިމުގައިވާ މަސްޖިދުލްޙަރާމަކީ މި ބިމުގައިވާ އެންމެ މާތް މިސްކިތެވެ. އެ މިސްކިތުގައި ކުރެވޭ ނަމާދަކީ އެހެން މިސްކިތެއްގައި ކުރެވޭ އެއްލައްކަ ނަމާދަށްވުރެ އިތުރު ނަމާދެކެވެ. އެ މިސްކިތްކޮޅުގައިވާ ކަޢުބަތުﷲ ގެފުޅަކީ މި ބިންމަތީގައިވާ އެންމެ މާތް ތަނެވެ. މާތް ﷲގެ އެއްކައުވަންތަކަމާއި އިސްލާމްދީނުގެ ހައިބަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު ރަމްޒެވެ.
އިތުރަށް ވިދާޅުވުމަށް
ފަސްއެނބުރި ނުބަލާށެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމަކީ ނިންމުންތަކެއްގެ ސިލްސިލާއެކެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އެތައް ކުދި އަދި ބޮޑެތި ނިންމުންތަކެއް ނިންމަންޖެހެއެވެ. އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ބިނާވެގެންދަނީ މި ނިންމުންތަކުގެ މައްޗަށެވެ. ނިންމުންތައް ނިންމުމުގައި އިސްލާމްދީނާއި ސައިންސް މަގުދައްކައި ބާރުއަޅަނީ ވިސްނުންތެރިކަމާއެކު، ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށާއި، އެއަށްފަހު އެ ނިންމުމެއްގައި ސާބިތުވެ ހުރުމަށެވެ.
އިތުރަށް ވިދާޅުވުމަށް
އީމާންކަމާއި އިސްލާމްކަން 1
اللّه تعالى ގެ ޙަޟްރަތަށް އަދާކުރަންޖެހޭ ޝުކުރާއި، ހިތާއި، ދުލާއި، ހަށިގަނޑުން ކުރަންޖެހޭ އިންސާނީ ވާޖިބު اللّه تعالى ވަނީ ކަނޑައަޅުއްވައި، އެކަލާނގެ ރަސޫލާ (صلى اللّه عليه وسلم) ގެ ފަރާތުން އަންގަވާފައެވެ. اللّه تعالى ދައްކަވާ، އަންގަވާފައިވާ އިންސާނީ ވާޖިބުތަކަށް ކިޔާ ނަމަކީ إسلام އެވެ. އެކަލާނގެއަށް މީހަކު ޝުކުރުއަދާކުރުމަކީ، އެކަލާނގެ ރަސޫލާ އުނގަންނަވައިދެއްވި ގޮތަށް ތަބާވުމެވެ. މިގޮތާ ޚިލާފު އެއްވެސް ޝުކުރެއް އަދި އަޅުކަމެއް اللّه تعالى ބައްލަވައިނުގަންނަވައެވެ. އެއީ، އިންސާނުން ރިވެތިކަމަށް ބަލާ އެތައް ކަމަކީ، އިސްލާމް ދީނުގައި ހުއްދަކުރެވިފައިނުވާ އަދި ހުތުރު ކަމަށް ބެލެވޭ ކަންކަމެވެ.
އިތުރަށް ވިދާޅުވުމަށް
ކަށްވަޅާއި ޞިރާޠުމަގުގައި ފަސޭހަކަން އެދޭމީހާއަށް.....
އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ މުޞައްނަފު (29256) ގައި، ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢުމަރް رضي الله عنهما ވިދާޅުވި ކަމުގައި ރިވާކުރައްވައިފައި ވެއެވެ:
އިތުރަށް ވިދާޅުވުމަށް
ދީނީ ޣީރަތްތެރިކަން ނެތިދިއުމަކީ ދީން ނެތިދާނެކަމެއް
ދީނީ ޣީރަތްތެރިކަން ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގައި އޮތް ދީން ޙިމާޔަތް ކުރުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. ދީނީ ޣީރަތްތެރިކަން ނެތިއްޖެ މުޖުތަމަޢެއްގައި ދީނެއް ނޯންނާނެއެވެ. ފަހަރެއްގައި ނަމެއްގައި ދީން އޮވެ ދާނެއެވެ. ނަމަވެސް އިޢުތިޤާދީ ގޮތުންނާއި ޢަމަލީ ގޮތުން ދީން އޮންނާނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
އިތުރަށް ވިދާޅުވުމަށް
މާތްﷲ އަށްޓަކައި ކުރާހޭދައެއް ބޭކާރުނުވާނެ
ސަޢޫދީ ޢަރަބިއްޔާގައި ވިޔަފާރި ކުރަމުން އައި ސޫދާނުގެ ވިޔަފާރިވެރިއެއް ކިޔައިދިނެވެ. އެއީ ހިޖުރީގޮތުން 1415 ވަނަ އަހަރުގެ ތެރެއެވެ. މީލާދީގޮތުން 1994 ހިސާބެވެ. އެދުވަސްވަރަކީ މިހާރުގެ ގޮތަށް މުވާސަލާތީގުޅުންތައް ފަސޭހަ ދުވަސްވަރެއް ނޫނެވެ. ސަޢޫދީ ޢަރަބިއްޔާގެ ބުރައިދާއޭ ކިޔުނު ރަށުގައި އަހަރެންނާއި އަހަރެންގެ ސަޢޫދީ އެކުވެރިއެއްކަމުގައިވާ ސުޢޫދުއާއެކު ވިޔަފާރިކުރަމުން ދިޔައީމެވެ.
އިތުރަށް ވިދާޅުވުމަށް














